އަޅުގަނޑު

ޢަދިއްޔު މުޙައްމަދު

بسم الله الرّحمن الرّحيم

الحمد لله، والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:

އަޅުގަނޑުގެ ނަމަކީ ޢަދިއްޔު މުޙައްމަދެވެ. އަޅުގަނޑަކީ ތިނަދޫ ސިޓީގެ މީހެކެވެ. މިހާރުވެސް ދިރިއުޅެނީ ތިނަދޫގައެވެ. އަޅުގަނޑު ބެޗިލަރސް ޑިގްރީ ހާސިލުކޮށްފައި ވަނީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީއިން “ނޮބަލް ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީސް” (ޙަދީޘް ފެކަލްޓީ) އިންނެވެ. އަދި މާސްޓާރސް ޑިގްރީ ޙާޞިލް ކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ “އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން” އިންނެވެ. އަޅުގަނޑަކީ ޢަރަބި ބަހާއި ޤުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. އަދި ދޭތެރެއަކުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (MNU) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (IUM) ގައި ޕާޓްޓައިމް ލެކްޗަރަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމެވެ. އަދި އަޅުގަނޑުގެ ދަރުސްތައް ތިނަދޫ ސިޓީއާއި އެހެން ބައެއް ރަށްތަކުގެ އެކި މިސްތަކިތްތަކުގައި ބާއްވައި އުޅެމެވެ. އަދި ބައެއް ދަރުސްތައް އޮންލައިންކޮށްވެސް ބާއްވަމެވެ.

އަޅުގަނޑުގެ ލިޔުންތަކާއި އޯޑިއޯތައް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އަޅުގަނޑުގެ ޓެލެގްރާމް ޗެނަލްގެ ލިންކު ވެބްސައިޓުގެ އެންމެ ތިރީގައި ދީފައި ވާނެއެވެ.